ކައުންސިލުގެ ތަޞައްވުރު

ތުޅާދޫއަކީ، އިސްލާމްދީނާ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތާ، ޒަމާނީ ތަޢުލީމަށް އަހުލުވެރި، ސިއްޙީގޮތުން ދުޅަހެޔޮ، ޢުމްރާނީގޮތުންނާއި އިޤްތިޞާދީގޮތުން ފުދުންތެރި، އިޖްތިމާޢީ ގުޅުންތަކަށް އިޙްތިރާމްކުރާ، ތިމާވެއްޓަށް އަހުރަވެތި، ޒަމާނުގެ ތަރައްޤީއަށް ލޯހުޅުވި، ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންވާ އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވުމެވެ.

ކައުންސިލުގެ މިޝަން

މިކައުންސިލްގެ މިޝަންއަކީ، ރަށުގެ ތަރައްޤީއަށާއި އިޤްތިޞާދީ ދުވެލި ކުރިއެރުމަށްޓަކައި ރައްޔިތުން ކުރަންއެދޭ ކަންތައްތަކަކީ ކޮބައިތޯ ބެލުމާއި، މިކަންތައްތައް ރައްޔިތުން ތަރުތީބުކުރާ މިންގަނޑުތައް ދެނެގަތުމާއި، ފާއިތުވެދިޔަތަނުގައި ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އެކުލަވާލުމާއި، މަސައްކަތްތައް ކާމިޔާބުވެފައިވާ މިންވަރު ދެނެގަތުމާއި، މީހުންގެ ހޭލުންތެރިކަމަށާއި، ދިރިއުޅުމުގެ ފެންވަރަށް އައި ކުރިއެރުމާއި ބަދަލުތައް ވަޒަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމުގެ ގޮތުން ކުރަން ބޭނުންވާ ސްޓްރެޖީތައް އެކުލަވާލުމެވެ. އަދި ކަނޑައަޅާ ކަންތައްތައް ރާވާހިންގުމަށް ފައިސާ ހޯދާނެ ގޮތްތަކާއި ކުރިއަށް ރާވާކަންތައްތަކުން ރައްޔިތުންގެ ދިރިއުޅުމަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރާފައިދާ ބަލައި ވަޒަންކުރުމާއި، ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުން ރަށުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުބެލުމާއި، ދިރޭތަކެތީގެ ނަޞްލު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ކަންތައްތައް ކުރުމެވެ.