ތުޅާދޫގައި ‘ނިޔަމިކަމުގެ ސެޓްފިކެޓް ލެވެލް 02 ކޯސް’ 120 ބައިވެރިން ފުރިހަމަ ކޮށްފި.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދަށް 2017 ޖަނަވަރީ 01 ން ފެށިގެން ޢަމަލުކުރުމަށް ހަމަޖެއްސުމާއި ގުޅިގެން މިރަށުގައި ދުއްވާ އޮޑިދޯނި ފަހަރުތަކުގެ ވެރިންނަށާއި، ކެޔޮޅުންނަށާއި ފަޅުވެރިންނަށް ޙާއްސަކޮށްގެން ‘ނިޔަމި ކަމުގެ ސެޓްފިކެޓް ލެވެލް 02’ ކޯހުގެ 04 ބުރު މިރަށުގައި ހިންގައިފިއެވެ. މިގޮތުން ކޮންމެ ބެޗެއްގައި 30 ބައިވެރިން ހިމެނޭގޮތުން ޖުމުލަ 120 ބޭފުޅުން މިކޯސް ފުރިހަމަކުރައްވާފައިވެއެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި މިކައުންސިލް ގުޅިގެން ހިންގި މިކޯހުގެ ބުރުތައް ކުރިއަށް ގެންގޮސްފައިވަނީ 18 ޖަނަވަރީ 2017 ން 31 ޖަނަވަރީ 2017 ށެވެ.
‘ނިޔަމި ކަމުގެ ސެޓްފިކެޓް ލެވެލް 02’ ކޯހުގެ 04 ބުރު ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާއިރު، ކޯސްޓަލް ނެވިގޭޝަން އަދި މެރިން މެކޭނިކް ކޯހެއް ހިންގުމަށްވެސް މިކައުންސިލުންދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އެކޯސްތަކުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތައް ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ.