އިއުލާނު
މަސްޖިދުއްރަޙްމާނުގައި ޤަބުރު ހުރިކަން ކަށަވަރުކުރުމާ ގުޅޭ
ނަންބަރު
(IUL)321/321/2025/24
ތާރީޚު
01 ފެބުރުވަރީ 2025
މިރަށު މަސްޖިދުއްރަޙްމާނުގެ ނަމާދުކުރާބައިގައި ޤަބުރު ހުރިތޯ ނުވަތަ ނެތްތޯ ކަށަވަރުކުރުމަށްޓަކައި، މިސްކިތުގެ އެތެރެ ކޮނެ ސާފުކުރުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ރައްޔިތުންގެ ތެރެއިން، މި މަސައްކަތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަސްޖިދުއްރަޙްމާނަށް ދުރުވެ މަސައްކަތުގައި ބައިވެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.