އިއުލާނު

ފަޤީރުންނާ މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ

ނަންބަރު (IUL)321/321/2025/26
ތާރީޚު 03 ފެބުރުވަރީ 2025
ސުންގަޑި 27 ފެބުރުވަރީ 2025

08 މެއި 2024 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވައިލުމުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާ ފަދައިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 2024 މެއި 19 ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ހުޅުވާލައިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަންބަރު 496-B2/CIR/2025/1 (30 ޖަނަވަރީ2025) ސަރކިއުލަރއިން ވަނީ އަންގަވައިފައެވެ. 

އިސްވެ ދެންނެވުނު ސަރކިއުލަރގައި ބަޔާންކޮށްފައިވާ ފަދައިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވައިލުމުގެ އުޞޫލުގައި ކޮންމެ އަހަރެއްގެ ފިޠުރުޒަކާތާއި މުދަލު ޒަކާތް ބެހުމަށް ދަފްތަރު ފައިނަލް ކުރުމުގައި ބަލާނެ މުއްދަތު ބަޔާންކޮށްފައިވާނެކަމާއި، އެ އުޞޫލުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ފިޠުރުޒަކާތުގެ ފައިސާ ބަހާނީ އެ އަހަރެއްގެ ރަމަޟާން މަހުގެ 01 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މެދުގައި ކަމަށްވެސް  އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަންބަރު 496-b2/cir/2025/1 (30 ޖަނަވަރީ2025) ސަރކިއުލަރއިން ވަނީ އަންގަވައިފައެވެ.

ވީމާ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

އިއުލާން

ޑައުންލޯޑް
ޝެއާ ކުރައްވާ

ޑައުންލޯޑް

އެހީތެރިކަން

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާ

ގުޅުއްވާ

އިއުލާނު، ޕްރޮޖެކްޓް، އިވެންޓް ހޯދާ

ހޯދަން ބޭނުންވާ ބަސް ލިޔުއްވާ

މަދުވެގެން 2 އަކުރު

ESC ބަންދުކުރުމަށް
ވަގުތުން ހޯދާ