1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ 06 ރޯދައާ ހަމައަށް ކުނި ނެގުމާ ގުޅޭ

އާއްމު އިއުލާނު
ނަންބަރު : (IUL)321/321/2025/38
ޕަބްލިޝްކުރި ތާރީޚު : 23 ފެބްރުއަރީ 2025
ސުންގަޑި : 06 އޭޕްރީލު 2025

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލް މަހުގެ 06 ރޯދައާ ހަމައަށް، މި އިދާރާގެ ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ގޭގެއިން، ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ވަނީ ބަދަލުގެނެވިފައެވެ. އެގޮތުން މި ރަމަޟާންމަހު ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިއަކީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:30 ށެވެ. މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމުން، ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ލުއިފަސޭހަކުރުމުގެ ގޮތުން ދެންނެވިފައިވާ ގަޑިއަށް ޑަސްޓްބިން ނެރެފައި ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުންއެދެމެވެ. އަދި، ދެންނެވިފައިވާ ގަޑިއަށް ޑަސްޓްބިން ނެރެފައި ނުވާނަމަ ދެން އެ ޑަސްޓްބިން ނެގޭނީ ޖެހިގެން އަންނަ ދުވަހުއެވެ.    މި އިޢުލާނާއެކު ކުނި ނެގުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލު ޢާއްމުކުރީމެވެ.  

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.   

ޑައުންލޯޑް ކުރުމަށް