"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2025" އާ ގުޅޭ

އާއްމު އިއުލާނު
ނަންބަރު : (IUL)321/321/2025/48
ޕަބްލިޝްކުރި ތާރީޚު : 05 މާރިޗު 2025
ސުންގަޑި : 10 އޭޕްރީލު 2025

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްސަދުގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް، މި އަހަރުގެ މެއި މަހުގެ ތެރޭގައި  ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ގައި މި ކައުންސިލުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ. 

ވީމާ، ތުޅާދޫ ކައުންސިލްގެ ނަމުގައި، މި މަޢުރަޒުގައި ތަކެތި ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މި ހިނގާ މާރިޗު މަހުގެ  30 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ލިޔުމުން އަންގަވައިދެއްވުން އެދި ދެންނެވީމެވެ. 

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ. 

ޑައުންލޯޑް ކުރުމަށް