އިއުލާނު

ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ

ނަންބަރު (IUL)321/321/2024/204
ތާރީޚު 28 އޮކްޓޫބަރު 2024

ދިވެހިރާއްޖޭގެ ފުޓްބޯޅަ ރޫހު ގެނައުމުގެ މަގުސަދުގައި "ނައިންޓީ ޕްލަސް" ގެ ފަރާތުން ސްޕޯޓްސް މިނިސްޓްރީގެ އެހީތެރިކަމާއިއެކު 2024 ނޮވެމްބަރ 20 ން 2024 ޑިސެމްބަރ 25 ށް ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ތުޅާދޫ ޓީމުން ވަނީ ބައިވެރިވެފައެވެ. ތުޅާދޫ ކައުންސިލް ތަމްސީލްކުރާ ފަރާތްކަމުގައިވާ "ތުޅާދޫ އެވެންޗާސް ސްޕޯޓްސް" އިން ވަނީ މި މުބާރާތަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައްވެސް ފަށައިފައެވެ.

އެގޮތުން މުބާރާތުގެ ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއްގެ ގޮތުގައި ތުޅާދޫ ތަމްސީލުކުރުމުގެ ފުރުސަތުވަނީ އާއްމުކޮށް ހުޅުވައިލައިފައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އޮފިޝަލުންނާއި ކުޅުންތެރިން ކަނޑައަޅާނީ "ތުޅާދޫ އެވެންޗާރސް ސްޕޯރޓްސް" އިންނެވެ.

ވީމާ، ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއްގެ ގޮތުގައި ތުޅާދޫ ތަމްސީލުކުރަން ބޭނުންވާ ފަރާތްތަކުން 2024 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެއްވުމަށް ތުޅާދޫ އެވެންޗާސް ސްޕޯޓްސްގެ ފަރާތުން އެދިލައްވައެވެ.

ކުޅުންތެރިއެއް / އޮފިޝަލެއްގެ ގޮތުގައި ބައިވެރިވުމަށް : https://forms.gle/W5hT7N7jzeocEDD69

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

އިއުލާން

ޑައުންލޯޑް
ޝެއާ ކުރައްވާ

ޑައުންލޯޑް

ޑައުންލޯޑް ކުރާނެ ފައިލެއް ނެތް

އެހީތެރިކަން

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާ

ގުޅުއްވާ

އިއުލާނު، ޕްރޮޖެކްޓް، އިވެންޓް ހޯދާ

ހޯދަން ބޭނުންވާ ބަސް ލިޔުއްވާ

މަދުވެގެން 2 އަކުރު

ESC ބަންދުކުރުމަށް
ވަގުތުން ހޯދާ