މަސްޖިދުއްސަޢާދާގައި އޭސީ ހަރުކުރުމުގެ ޕްރޮޖެކްޓަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު ދެންނެވުމާ ގުޅޭ

އާއްމު އިއުލާނު
ނަންބަރު : (IUL)321/321/2025/52
ޕަބްލިޝްކުރި ތާރީޚު : 06 މާރިޗު 2025
ސުންގަޑި : 12 މާރިޗު 2025

މި އަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މިރަށު މަސްޖިދުއްސަޢާދާގައި އޭސީ ހަރުކުރުމަށް ހިންގި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ވަނީ ނިންމާލައިފައެވެ. އެހެންކަމުން، މި ޕްރޮޖެކްޓަށް އޭސީ ހަދިޔާ ކޮށްދެއްވައިފައިވާ ފަރާތްތަކަށާއި، އޭސީ ހަރުކުރުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްދެއްވި ފަރާތްތަކަށާއި އަދި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް، މި ކައުންސިލްގެ ފަރާތުން ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. 

މުޖުތަމަޢަށް ފައިދާހުރި މިފަދަ ކަންކަމުގައި، ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެފަދަ އެންމެހާ ފަރާތްތަކަށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ. 

ޑައުންލޯޑް ކުރުމަށް