އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ލިޔުން ދޫކުރުމާ ގުޅޭ
އާއްމު އިއުލާނު
ނަންބަރު :
(IUL)321/321/2025/53
ޕަބްލިޝްކުރި ތާރީޚު :
06 މާރިޗު 2025
ސުންގަޑި :
12 މާރިޗު 2025
އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށްޓަކައި ކައުންސިލުން ދޫކުރާ ގަރާޖު ލިޔުން ދޫކުރުމުގައި ޢަމަލުކުރަމުންދާ ގޮތަށްވަނީ ބަދަލު ގެނެވިފައެވެ.
އެގޮތުން، އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށް ގަރާޖު ލިޔުން ދޫކުރެވޭނީ، އުޅަނދު ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖުގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްނަމައެވެ. އަދި އެ އުޅަނދެއް ގަރާޖަށް ވެއްދޭވަރަށް، ގަރާޖުގެ ދޮރު ކަނޑާފައިވާނަމައެވެ. މި ދެންނެވި ގޮތަށް ގަރާޖުގެ ކަންކަން ހަމަޖެހިފައިވާ ނުވާނަމަ، ގަރާޖު ލިޔުން ދޫކުރެވެން ނެތް ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.