އިޖުތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓައިފައިވާ ތަކެތި ނެގުމާ ގުޅޭ
މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި، އާއްމު ތަންތަނާއި މަގުތަކާއި ގޯޅިތަކުގައި ކައުންސިލްގެ ހުއްދަނެތި ބަހައްޓައިފައިވާ ތަކެތި ނެގުމަށް ކައުންސިލުންވަނީ ނިންމަވައިފައެވެ.
މި ނިންމުން ތަންފީޒުކުރުމަށްޓަކައި، އެފަދަ ތަންތަނާއި އެ ތަންތަނުގައިވާ ތަކެތީގެ ފޮޓޯ ނަގައި ފޮޓޯއާއެކު އިޢުލާނުކުރަންޖެހެއެވެ. އެހެންކަމުން އެފަދަ ތަންތަނާއި އެ ތަންތަނުގައިވާ ތަކެތީގެ ފޮޓޯ ނެގުމުގެ މަސައްކަތް 2025 އެޕްރީލް 09 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ން ފެށިގެން މި ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ރައްޔިތުންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ މަސްލަޙަތު ހިމެނޭ އެއްޗެއް، އިޖުތިމާޢީ ސަރަޙައްދުތަކާއި، އާއްމު ތަންތަނާއި މަގުތަކާއި ގޯޅިތަކުގައި ބަހައްޓައިފައިވާނަމަ، ފޮޓޯ ނަގައި އާއްމުކުރުމުގެ ކުރިން އެ އެއްޗެއް ނަންގަވައިދެއްވުން އެދެމެވެ.
މިހެންވެ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.