އިޖުތިމާއީ ސަރަހައްދުތަކުން ތަކެތި ނެގުމާ ގުޅޭ
ރަށުގެ އިޖުތިމާޢީ ސަރަހައްދު ތަކާއި މަގުތަކާއި ގޯޅިތަކުގައި ކައުންސިލުގެ ހުއްދަ ނެތި ބަހައްޓާފައިވާ ތަކެތި ނަގައި ރަށުތެރެ ސާފުކުރުމަށްޓަކައި ކައުންސިލުން ވާންޖެހޭ އެންމެހާ ތައްޔާރީތައް މިދަނީ ވަމުންނެވެ.
މިގޮތުން، އިޖުތިމާޢީ ސަރަހައްދުތަކުގައި ކައުންސިލުގެ ހުއްދަ ނެތި ބަހައްޓައިފައިވާ ތަކެތި ހުރި ސަރަހައްދުތައް ފާހަގަކުރުމުގެ ގޮތުން އެ ފަދަ ސަރަހައްދުތަކުގައި ޓޭޕުދަމާ ބޯޑުތައް މިގެންދަނީ ޖަހަމުންނެވެ.
ވީމާ، އެފަދަ ސަރަހައްދުތަކުގައި އެއްވެސް ރައްޔިތެއްގެ އެއްޗެއް ހުރިނަމަ، ދަމައިފައިވާ ޓޭޕަށް ގެއްލުން ނުވާނެހެން އެތަކެތި ނަންގަވައިދެއްވުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.
ކައުންސިލުން އެންގި އެންގުމަށް އިޖާބަ ދެއްވާ ރަށުގެ ވަރަށް ގިނަ ގޭގޭއިން، އެ ގޭގޭ ދޮށުގައި އިންދާފައިހުރި ގަސްތަކާއި ބަހައްޓާފައިހުރި ޖޯލިފަތި ފަދަ ތަކެތި ނަންގަވައިދެއްވާ މަގުތައް ސާފުކުރައްވަމުން ގެންދަވާތީ، އެކަން ފާހަގަކޮށް މިފުރުޞަތުގައި އެންމެހައި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އަންގާ އިއުލާނުކުރީމެވެ.