ތުޅާދޫ ކައުންސިލްގެ 13 ވަނަ ޤުރްއާން މުބާރާތަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

އާއްމު އިއުލާނު
ނަންބަރު : (IUL)321/321/2025/84
ޕަބްލިޝްކުރި ތާރީޚު : 23 އޭޕްރީލު 2025
ސުންގަޑި : 20 މޭ 2025

ތުޅާދޫ ކައުންސިލްގެ 13 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ތުޅާދޫ ސްކޫލާއި، ތުޅާދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ޤުރްއާން ކިލާސްތަކާއި، ތުޅާދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމުޢިއްޔާތަކަށާއި، އަދި ތުޅާދޫގެ ޢާއްމު ފަރުދުންނަށް ވަނީ ހުޅާވާލައިފައެވެ.

2025 ޖޫން 19 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ، މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު، 2025 މެއި 20 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

                  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:30 އަށް ތުޅާދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި މި މުބާރާތުގެ ގަވާޢިދު، މި އިއުލާނާއެކު ޢާއްމުކުރެވިފައިވާނެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު: https://rb.gy/lxrfwm 

މުބާރާތުގެ ގަވާއިދު: https://shorturl.at/EiCIP 

                  މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

ޑައުންލޯޑް ކުރުމަށް