އިއުލާނު

ތުޅާދުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

ނަންބަރު (IUL)321/321/2025/10
ތާރީޚު 13 ޖަނަވަރީ 2025
ސުންގަޑި 26 ފެބުރުވަރީ 2025

ދިވެހިރާއްޖޭގައި ނުގަވާއިދުން މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަށް، "އޮޕަރޭޝަން ކުރަނގި" ނަމުގައި ހިންގަވަމުން ގެންދާ އޮޕަރޭޝަންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މުއްދަތު 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވަނީ އަންގަވައިފައެވެ. 

އެހެންކަމުން މިރަށުގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ބަޔޯމެޓްރިކް ޑޭޓާ ނުނަގާ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް 2025 ފެބްރުވަރީ 27 ވާ ބުދަ ދުވަހުގެ ކުރިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:00 ން 13:00 އާ ދެމެދު، ތުޅާދޫ ކައުންސިލް އިދާރާއަށް ފޮނުވައިދެއްވުން އެދެމެވެ. މިގޮތަށް ފޮނުއްވާއިރު، މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކޮޕީއަކާއި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއްގެ ސޮފްޓް ކޮޕީ ހަވާލުކުރައްވައި ފޮނުއްވުން އެދެމެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ބިދޭސީންގެ މައުލޫމާތު ރެކޯޑުކޮށް ބަލަހައްޓާ "ނާރެސް ޕޯޓަލް" ގައި މައުލޫމާތު ރެކޯޑު ނުކުރައްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވަނީ ކައުންސިލަށް އަންގަވައިފައެވެ. 

މިހެންވެ، ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ. 

އިއުލާން

ޑައުންލޯޑް
ޝެއާ ކުރައްވާ

ޑައުންލޯޑް

އެހީތެރިކަން

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާ

ގުޅުއްވާ

އިއުލާނު، ޕްރޮޖެކްޓް، އިވެންޓް ހޯދާ

ހޯދަން ބޭނުންވާ ބަސް ލިޔުއްވާ

މަދުވެގެން 2 އަކުރު

ESC ބަންދުކުރުމަށް
ވަގުތުން ހޯދާ