އިޖުތިމާޢީ ސަރަޙައްދުތަކަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމާގުޅޭ

އާއްމު އިއުލާނު
ނަންބަރު : (IUL)321/321/2025/15
ޕަބްލިޝްކުރި ތާރީޚު : 23 ޖެނުއަރީ 2025
ސުންގަޑި : 26 ޖެނުއަރީ 2025

ރަށުގެ އިޖުތިމާޢީ ސަރަހައްދުން ތަކެތި ނެގުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ކައުންސިލުން މިދަނީ ވަމުންނެވެ. މިގޮތުން، 2025 ޖަނަވަރީ 17 ވީ ހުކުރު ދުވަހު ވާނީ، ރައްޔިތުންނާ ބައްދަލުކޮށް، ކައުންސިލުން މިކަމަށް ވަމުން އަންނަ ތައްޔާރީތަކާއި، އިޖުތިމާއީ ސަރަހައްދުން ތަކެތި ނެގުމަށް ރާވައިފައިވާ ތަރުތީބު ހިއްސާކޮށްފައެވެ. ނަމަވެސް، ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުންގެ ހިޔާލު، ކައުންސިލުގެ ވިސްނުމާ ތަފާތުވެފައިވާތީ، އެކަމާ ގުޅިގެން ކައުންސިލުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެބައްދަލުވުމުގައިވަނީ، އިޖުތިމާޢީ ސަރަހައްދުން ތަކެތި ނަގަން ފަށާނެ ތަރުތީބެއް ކަނޑައެޅުމުގައި ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވައިބަރ އޮޅީގައި ޕޯލެއް ހުޅުވުމަށް ނިންމަވާފައެވެ. 

އެހެންކަމުން، އިޖުތިމާޢީ ސަރަހައްދުން ތަކެތި ނެގުމަށް ކައުންސިލުން ރާވައިފައިވާ ގޮތާއި، ރައްޔިތުންގެ ތެރެއިން ލިބިފައިވާ ހިޔާލު އެނގޭނެހެން، ރައްޔިތުން ބޮޑަށް ތާއީދުކުރައްވާ ގޮތެއް ބެލުމަށް ހިޔާލު ހޯދުމަށް ހުށައަޅަމެވެ. ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކަށް ފެނިލައްވާ ގޮތަކަށް ވޯޓުދެއްވުމަށް، މި އިއުލާނާއެކު ހީރަސްކޮށްފައިވާ ލިންކު މެދުވެރިކޮށް، ކައުންސިލުގެ ރަސްމީ ވައިބަރ ގުރޫޕަށް ވަންނަވާށެވެ. އެއަށް ފަހު އެބޭފުޅަކަށް ފެނިލައްވާ ހިޔާލަކަށް ތާއީދުކޮށް ވޯޓުދެއްވުމަށް (ވައިބަރ މެސެޖުގެ އަރިމަތީ އިން ހިތަށް ފިއްތަވައިލައްވާ) ދަންނަވަމެވެ.

މި ވޯޓް ދެއްވާނީ ހަމައެކަނި ތުޅާދޫ ރައްޔިތުންނެވެ. ވޯޓް ދިނުމުގެ ސުންގަޑިއަކީ 2025 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުގެ 10:00 އެވެ. 

ހިޔާލު 1: ކައުންސިލުން ހުށައަޅާ ގޮތް:

·        ފުރަތަމަ ބަނދަރާއި ގްރީން ޒޯން ތައް ފަދަ އާންމު އިޖުތިމާއީ ސަރަހައްދުތަކުން ތަކެތިނެގުން، ދެން އެއަށް ފަހު، މަގުތަކުގައި ހުރި އެހެނިހެން ތަކެތި ނެގުން، އެންމެ ފަހުން ރަށުގެ މަގުތަކުގައި ހުރި ޖޯލިފަތިތަކާއި ގޭދޮށުގައި އިންދާފައި ހުންނަ ގަސްތައް ނެގުން

ހިޔާލު 2: ރައްޔިތުންގެ ތެރެއިން ހުށަހަޅައިފައިވާގޮތް:

·        ފުރަތަމަ ރަށުގެ މަގުތަކުގައި ހުރި ޖޯލިފަތިތަކާއި ގޭދޮށުގައި އިންދާފައި ހުންނަ ގަސްތައް ނެގުން، ދެން އެއަށް ފަހު، މަގުތަކުގައި ހުރި އެހެނިހެން ތަކެތި ނެގުން، އެންމެ ފަހުން، ބަނދަރާއި ގްރީން ޒޯން ތައް ފަދަ އާންމު އިޖުތިމާއީ ސަރަހައްދުތަކުން ތަކެތިނެގުން

ހިޔާލު 3: ރައްޔިތުންގެ ތެރެއިން ހުށަހަޅައިފައިވާގޮތް:

·        ރަށުގެ ރޯޝަނީ މަގާއި އޯކިޑު މަގު ބައްދަލުވާ ހަތަރު އަނގޮޅިން (ސަހަރާގެ ހުޅަނގު އުތުރު ކަންމަތިން) ރަށް ހަތަރު ބަޔަށް ބައިކޮށް، ފަހަރަކު ބަޔަކުން ތަކެތި ނަގާ އެއްކޮށް ސާފުކުރަމުން ގޮސް މުޅި ރަށުން ތަކެތި ނަގާ ނިންމުން

                މިހެންވެ، މިކަން އާންމުކޮށް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިއުލާނުކުރީމެވެ.


ޑައުންލޯޑް ކުރުމަށް