އިއުލާނު
އަލިފާނާ ގުޅޭ ހާދިސާތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމާއި ގުޅޭ
ނަންބަރު
(IUL)321/321/2025/19
ތާރީޚު
29 ޖަނަވަރީ 2025
ސުންގަޑި
05 ފެބުރުވަރީ 2025
ބ.އަތޮޅު ކައުންސިލާއި އެމް.އެން.ޑީ.އެފް އަދި ބ.އަތޮޅު ޕޮލިސް ގުޅިގެން، މިރަށު ރައްޔިތުންނަށް އަމާޒުކޮށްގެން، އަލިފާނާއި ގުޅޭ ހާދިސާތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ސެޝަނެއް، ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2025 ފެބްރުވަރީ 06 ވާ ބުރާސްފަތި ދުވަހުގެރޭ 20:00 ން 23:00 ށް ތުޅާދޫ ސްކޫލް ހޯލްގައެވެ.
ވީމާ، މި ސެޝަންގައި ބައިވެރިވުމަށް، އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.