އިއުލާނު

ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރާ ބެހޭ

ނަންބަރު (IUL)321/321/2025/23
ތާރީޚު 29 ޖަނަވަރީ 2025

މިހާރަކަށް އައިސް، ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް، ރާއްޖޭގެ މަސްވެރި އުޅަނދުފަހަރުން އަރައި، އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާކަމާއި، މި ފަދަ ގޮތްނޭނގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުންނަމަވެސް ތިބޭކަމާއި، ގޮތްނޭނގޭ މި ފަދަ އުޅަނދުފަހަރަށް އެރުމަކީ އެކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ފާހަގަކުރައްވައިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އަންގަވައިފައެވެ. 

ވީމާ، މިފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފެނިއްޖެނަމަ، އެ ފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި، ލަސްނުކޮށް ކޯސްޓްގާޑަށް (ފޯނު ނަންބަރު: 3395981 ނުވަތަ ކޯސްޓުގާޑުގެ ހޮޓްލައިން: 191) ނުވަތަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް، މި ކަމާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް މަސްވެރިންނަށާއި، ދަތުރުފަތުރު ކުރައްވާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ. 

އިއުލާން

ޑައުންލޯޑް
ޝެއާ ކުރައްވާ

ޑައުންލޯޑް

އެހީތެރިކަން

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާ

ގުޅުއްވާ

އިއުލާނު، ޕްރޮޖެކްޓް، އިވެންޓް ހޯދާ

ހޯދަން ބޭނުންވާ ބަސް ލިޔުއްވާ

މަދުވެގެން 2 އަކުރު

ESC ބަންދުކުރުމަށް
ވަގުތުން ހޯދާ