1446 ވަނަ އަހަރުގެ ރަމަޟާންމަހަށް، ކައުންސިލުން ގޭބީސީތަކަށް ވެލި ދޫކުރުމާ ގުޅޭ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޯތިތެރެއަށް ލާން ބޭނުންވާ ވެލި، ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ސިމެންތި ހުސްކުރި ގޯނީގެ 50 ގޯނި ވެލި، "ތުޅާދޫގެ އިހްތިޞާޞްގެ ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުން ނަގާވެލި ދޫކުރުމާއި ވިއްކުމުގެ އުޞޫލު" އާ އެއްގޮތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ގޯތި ގެދޮރަށް އެޅުމަށް ވެލި ދޫކުރާނީ -/5 ރުފިޔާ އަށް ގޯންޏެއްގެ ރޭޓުންނެވެ. މި ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ، 2025 ފެބުރުއަރީ 02 ން 2025 ފެބުރުއަރީ 27 އަށެވެ.
ވީމާ، ރަމަޟާންމަހަށް ގޭގެއަށް ވެލިލުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ވެލިޗިޓް ހެއްދެވުމުން، ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ވެލި ދޫކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
· ވެލި ޗިޓު ހެއްދުމަށް ހަމަޖެހިފައިވާ ގަޑިތައް
- ރަސްމީ ދުވަސް ދުވަހު (އާދިއްތަ - ބުރާސްފަތި)
§ 08:30 – 12:00
· ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ:
- ރަސްމީ ދުވަސް ދުވަހު (އާދިއްތަ - ބުރާސްފަތި)
§ 09:00 – 11:00
§ 14:00 – 17:30
މިހެންވެ، އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.